10 Mar 2014, 12:42
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އިތުރު ފަސް ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.
މިގޮތުން ޢައްޔަނު ކުރެއްވި ފަސް ބޭފުޅުންނަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަނީސާ އަޙްމަދާއި، ހެންވޭރު ފިފްޓީ ފްލާވަރސް އިބްރާހީމް ޢުމަރު މަނިކާއި، މާފަންނު ފުރަހަނި އަޙްމަދު ޝާހިރާއި، ހެންވޭރު ރަންވިލާގޭ ޢުމަރު ޒާހިރާއި، މާފަންނު ކާނިމާގޭ މުޙައްމަދު އިކުރާމެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީގައި މި 5 ބޭފުޅުންނާއެކު، މިހާރު ތިއްބަވާނީ 14 ބޭފުޅުންނެވެ. ކޮމިޓީގެ ޗެއަރމަނަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނެވެ.