23:47- އައްޑު އަތޮޅު މަރަދޫފޭދޫގައި ލިންކްރޯޑްގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް ޒަހަމްތައް ލިބިއްޖެ އެވެ.


އައްޑު އަތޮޅު ކައުންސިލަ އަބްދުﷲ ސޯދިގު ވިދާޅުވީ މިރޭ އިރާކޮޅު ވަގުތެއްގައި މަރަދޫފޭދޫ "ސިޓީ ބެންޑް" ރެސްޓޯރެންޓް ހުންނަ ސަރަހައްދުގެ ލިންކުރޯޑުން ބާރު ސްޕީޑުގައި އެއް ކޮޅަށް ދުއްވާފައިދިޔަ ދެ ސައިލެއް ޖެހި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް އެކިވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.


އެ މީހުންނަށް މިހާރު އައްޑު އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ސޯދިގު ވިދާޅުވި އެވެ.


 


--------


 


23:05- އައްޑު އަތޮޅު މަރަދޫފޭދޫގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.


މި އެކްސިޑެންޓްގައި އެކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.


ފުލުހުން ބުނީ އައްޑު އަތޮޅުގައި ހިނގި އެކްސިޑެންޓްގެ ތަފުސީލު އަދި ނުލިބޭ ކަމަށާއި ސީރިއަސް އެކްސިޑެންޓާބެހޭ މައުލުމާތު ސާފު ކުރަމުން އަންނަ ކަމަށެވެ.


 


(ތަފުސީލް އަންނަނީ)