09 Mar 2014, 17:37
އޮސްޓްރޭލިއާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "ޑެވޮންޑޭލް" ބްރޭންޑް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ޑެވޮންޑޭލް ޕްރޮމޯޝަން" ގެ ނަމުގައި އެސްޓީއޯ ސްޕަމާޓްގައި މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ޑެވޮންޑޭލް ބްރޭންޑްގެ ކިރު ޕެކެޓް ތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާ އެކު އެސްޓީއޯ ސްޕަމާޓުން ގަންނަ ޑެވޮންޑޭލް ބްރޭންޑްގެ ކޮންމެ ޕްރޮަކްޓަކަށް ދެ ޕަސެންޓް ޑިސްކައުންޓެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިންގް ޑިޕާޓްމަންޓްގެ އޮފިޝަަލަކު ވިދާޅުވި އެވެ.
"މި ޕްރޮމޯޝަންގެ ދަށުން ޑެވޮންޑޭލް ބްރޭންޑްގެ ކޮންމެ ޕްރޮޑަކްޓަކަށް ދެ ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ. އަދި ޔަގީން ކޮއްލުމަށް ޓަކައި ޕްރޮޑަކްޓްތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ." އޭނާ ވިދާޅުވި އެވެ.
ކޮފީ ހެދުމަށާއި ކުޑަކުދިންނަށް ހާއްސަ އެކި ފްލެވާ ތަކުގެ ކިރުތަށް ހިމެނޭ ޑެވޮންޑޭލް ބްރޭންޑް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް އެސްޓީއޯ އިން ކުރިޔަށް ގެންދާ އެ ޕްރޮމޯޝަން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.