22:29-


ޝީލްޑާއި މުގުރާއެކު ބީޖީ ސަރަހައްދުގައި ފުލުހުންގެ ސްޓާ ފޯސް ހަރަކާތްތެރިވަމުން އެބަދެ އެވެ.


ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނީ މިރޭ އިރާކޮޅު ފުލުހުން ވެހިކަލަކަށް ގާއުކައި ހަމަލަ ދިނުމުން ކަމަށެވެ. ފުލުހުންގެ ވެހިކަލަށް އެ ސަރަހަދުން މިރޭ ގާ އުކާފައި ވަނީ އެ ސަރަހައްދުގެ ފޯރި މެރުމަށް ފުލުހުން އެ ހިސާބުގަނޑުގައި ހަރަކާތްތެރިވާން ފެށުމުންނެވެ.


ތައްޔާރީ ހާލަތަށް އައިސްފައިވާ ސްޓާފޯސް ފުލުން ގެންދަނީ އެ ސަރަހައްދުން މީހުން ދުރަށް ފޮނުވައި މުޅި ސަރަހައްދު ބަލަހައްޓަމުންނެވެ. ނަމަވެސް ސަރަހައްދުގެ އެކި ހިސާބުތަކުގައި ފުދޭވަރަކަށް ގިނަ މީހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.


މިދިޔައ ހޮނިހިރު ދުވަހުގެ ރޭ ވަނީ އެ ސަރަހައްދަށް މީހުން އެއްވެ ގްރޫޕް މާރާމާރީ ހިންގާފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށާއި ބައެއް ފުލުހުންނަށް ވެސް އަނިޔާވެފައި ވެއެވެ.