09 Mar 2014, 14:27
އިއްޔެ ރޭ ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ނަމްބަރު ފްލައިޓުން ވަގުޕާސްޕޯޓްގައި ހަތަރު މީހުން ދަތުކުރިކަން އެނގިއްޖެ އެވެ.
އެ ފްލައިޓުން ދަތުރު ކުރި މީހުންގެ ލިސްޓްގައި އިޓަލީގެ މީހަކާއި އޮސްޓްރިއާ މީހަކު އޮތް ނަމަވެސް އެ ދެ ގައުމުން ވަނީ އެމީހުން ދަތުރު ނުކުރާކަންހާމަކޮށްފަ އެވެ. ފްލައިޓުން ދަތުރުކުރި ކަމަށް ބުނާ އިޓަލީ މީހާ ތައިލެންޑްގައި ގަދަވެ ސަލާމަތުން ހުރިކަން އޭނާގެ ބައްޕަޔާ ހަވާލާލީ އެ ގައުމުގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އަދި އޮސްޓްރިއާ މީހާ އޭނާގެ ގައުމުގައި ހުރިކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.
އެ ދެ މީހުންގެ އިތުރުން އެހެން ދެ މީހެއްގެ އައިޑެންޓިޓީ ޗެކްކުރަމުން އަންނަ ކަމަށް މެލޭޝިއާގެ ޓްރާންސް ޕޯޓް މިނިސްޓަރު ހާޝިމުއްދީން ހުސައިން ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.
ފްލައިޓް ގެއްލުނު ހާދިސާއާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް މެލޭޝިއާ އާއި ދުނިޔޭގެ ބޮޑެތި ނޫސް އެޖެންސީތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން އުފެދިފައިވާ އެއް ސުވާލަކީ އެބޯޓަށް ކަމެއް ދިމާވިކަން އެންގުމުގެ ގޮތުން ޑިސްޓްރެސް ކޯލް ނުދިނީ ކީއްވެތޯ އުފެދޭ ސުވާލެވެ. އަދި އެބޯޓް ރާޑަރަށް ގެއްލުނު ކަމަށް މެލޭޝިއާގެ އޮފިޝަލުން ދެފަހަރު ދެވަގުތެއް ދިނުމުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ބޯޓް ގެއްލުމުގެ ހާދިސާގައި ޓެރަރިޒަމްގެ އަމަލެއް ވެދާނެ ކަމަށް ވެސް މިހާރު ވަނީ ޝައްކު ކުރެވިފަ އެވެ.
ބޯޓް ކަނޑަށް ވެއްޓިފައި ވެދާނެ ކަމަށް ވިއެޓްނާމްގެ ކަނޑުގެ ސިފައިން ކުރިން ވަނީ ބުނެފަ އެވެ. އަދި ބޯޓް ރާޑަރަށް ގެއްލުނު އިރު ހުރި ސަރަހައްދާ ކައިރިން ކަނޑަށް އެޅިފައިވާ ތެޔޮތަކެއް ވިއެޓްނާމްގެ ސިފައިންނަށް ވަނީ ފެނިފަ އެވެ. ނަމަވެސް މެލޭޝިއާ ސަރުކާރުން އެއިން އެއްވެސް ކަމެއް ކަށަވަރުކޮށެއް ނުދެ އެވެ.
ގެއްލުނު ފްލައިޓުން 239 މީހުން ދަތުރުކުރި އިރު އެފްލައިޓްގައި ގިނައީ ޗައިނާ މީހުންނެވެ.