21:34- އަމީނީ މަގުގައި މިރޭ ކާރަކާއި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.


އަމީނީ މަގު ފިނޭސް މިނިސްޓްރީ ކުރިމަތިން މިރޭ 8:30 އެހާކަންހާއިރު ކާރަކާއި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތައް ލިބިފައިވަނީ ބ. ކުޑަރިކިލު އުމުރުން 20 އަހަރުގެ އިސްމާއިލް މުންޒިލް އާއި މާލޭގެ ރައްޔިތެއް ކަމުގައިވާ އުމުރުން 36 އަހަރުގެ ހުސައިން ސާމީ އެވެ.


އެ އެކްސިޓެންޓްގައި ބޯފަޅައިގެން ގޮސް ބޮލަށާއި ހަށިގަނޑު އެކި ތަންތަން ޒަހަމުވީ އެކްސިޑެންޓްވި އެއް ސައިކަލްގައި އިން މުންޒިލަށެވެ. އޭނާގެ ބޮލުން ތިން އިންޗިހާ ތަން ފަޅައިގެން ގޮސްފައިވާއިރު ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސް މުޅި މީހާ ލެއިން ތަތްތެޅިފައި ވެއެވެ.


އެކްސިޑެންޓްވި ދެ ވަނަ ސައިކަލް ދުއްވަން އިން ސާމީ، އަމީނީ މަގުން ދުއްވަމުންދިޔަ ކާރެއްގެ ބިއްލޫރިގަނޑުގައި ޖެހި ބޮލަށް އަނިޔާވެފައިވާއިރު އޭނާގެ ހަށިގަނޑަށް ވެސް ޒަހަމްތައް ލިބިފައި ވެއެވެ. އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ނިއްކުރިއަށެވެ. ސާމީގެ ނިތްކުރި ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ.


އެކްސިޑެންޓް ހިނގި ވަގުތު ޕިކަޕެއްގައި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ސާމީ ހޭ އެރި ނަމަވެސް ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ އަށް އެއްވެސް ކަމަށް ހަނދާނެއް ނެތް ކަމަށް ޑޮކްޓަރާއި ހަވާލާދީ އައިޖީއެމްއެޗްގެ އޮފިޝަލަކު ވަނީ  ވިދާޅުވެފަ އެވެ.


ސާމީ އާއި މުންޒިލް ވެސް ފަރުވާ ދިނުމަށް ބާއްވާފައި ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގަ އެވެ. ދެ މީހުންގެ ތެރެއިން ސީރިއަސް ހަލަތުގައި އޮތީ މުންޒިލް އެވެ.


ނުރައްކާތެރި އެކްސިޑެންޓްގެ ހިނގި މަންޒަރު ދުއް ބައެއް މީހުން ވަނީ ސަން އޮންލައިނަށް މައުލޫމާތު ދީފަ އެވެ. އެކަކު ބުނީ އެކްސިޑެންޓު ހިނގީ އަމީނީ މަގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލް، އެ މަގުން ދަތުރުކުރި ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ސައިކަލް ކާރުގައި ޖެހި އޭގައި އިން މީހާ 10 ފޫޓަށް ވިއްސައިގެން ދިޔަ ވަގުތު ދެވަނަ ސައިކަލް އައިސް ކާރުގައި ޖެހި އޭގައިން މީހާ ވެސް ދުރަށް ވިއްސައިގެން ދިޔައީ ކަމަށެވެ.


"ކާރުގައި ސައިކަލް ޖެހުނު ބާރު ކަމުން ސައިކަލް ދުއްވަން އިން މީހާ ވިއްސައިގެން ދިޔައީ 10 ވަރަކަށް ފޫޓަށް. އޭނާ ބިންމައްޗަށް ވެއްޓުނު ގޮތަށް ތެޅިގެންފައި ހޭނެތުނުހެން ހީވީ. އެވަގުތު އޭނާގެ ނޭފަތުންނާއި އަގައިން ބައިވަރު ލޭވެސް އައި. ހަމަ އެވަގުތު ފަހަތުން އައި ދެވަނަ ސައިކަލެއް ކާރުގައި ޖެހި އެ ސައިކަލުގައި އިން މީހާގެ ބޯ ގޮސް ޖެހުނީ ކާރުގެ ބިއްލޫރި ގަނޑުގައި،" މަންޒަރު ދުއް މީހަކު ބުންޏެވެ.


މި އެކްސިޑެންޓްގައި ކާރުގައި އިން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ދެ ސައިކަލާއި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.


މާލޭގައި މި އެކްސިޑެންޓް ހިނގިތާ ކުޑައިރިކޮޅެއްގެ ތެރޭ އައްޑު އަތޮޅު މަރަދޫ ފޭދޫގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ.


----


 


21:34- އެކްސިޑެންޓްގައި ޒަހަމްވީ ދެމީހުންގެ ތެރެއިން އެކަކީ  ބ. ކުޑަރިކިލު އިސްމާއިލް މުޒިލް، 20، އާއި މާލޭ މީހެއް ކަމަށްވާ އުމުރުން 34 އަހަރުގެ ހުސައިން ސާމީ އެވެ. މި ދެމީހުންގެ ތެރެއިން ހާލު ސީރިއަސްވެފައި ވަނީ މުޒިލްގެ އެވެ.


 


21:20- އެކްސިޑެންތްވީ ދެމީހުންގެ ތެރެއިން އެކެއްގެ ބޮލުގެ އެކި ތަންތަން ވަނީ ފަޅައިގެން ގޮސްފަ އެވެ. އޭގެ ތެރެއިން ތިން އިންޗި ބޮޑު މިނުގައި ހުރި ޒަހަމަކު ލޭ މަނާ ނުވެ ދަނީ ލޭ ފައިބަމުންނެވެ. އޭނާގެ ބޮލުގެ ސީޓީ ސްކޭން ހެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ހެއެއް ނާރަ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އައިސީޔޫއަށް ބަދަލު ކުރާނެ ކަމަށް ހޮސްޕިޓަލުގައި ހުރި ސަންގެ ނޫސްވެރިޔާ މައުލޫމާތު ދެ އެވެ.


އެކްސިޑެންޓްވި ދެވަނަ މީހާ ހޭ އެރި ނަމަވެސް  ހިނގި އެއްވެސް ކަމެއް އޭނާގެ ހަނދާނެއް ނެތެވެ. އިމަޖެންސީ ރޫމުގައި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ. މި ދެމީހުންނަކީ ކޮންބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.


 


އަމީނީ މަގު ފިނޭންސް މިނިސްޓްރީ ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. ދެ ސައިކަލާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.


އެކްސިޑެންޓް ހިނގި މަންޒަރު ދުއް މީހަކު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓު ހިނގީ އަމީނީ މަގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލް، ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެއް ސައިކަލް ކާރުގައި ޖެހި އޭގައި އިން މީހާ 10 ފޫޓަށް ވިއްސައިގެން ދިޔަ ވަގުތު ދެވަނަ ސައިކަލް އައިސް ޖެހިގެން ކަމަށެވެ.


"އަޅުގަނޑު ބަލަން ހުއްޓާ ޖެހުނީ ފުރަތަމަ ސައިކަލްގައި އިންމީހާ ވިއްސައިގެން ދިޔައީ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރަށް،  އޭނާގެ ބޯ ޖެހިފައި ނޭފަތުންނާއި އަނގައި ވަރަށް ގިނަ އަދަދެއްގެ ލޭތައް ފޭބި، ފުރަތަމަ ވިއްސައިގެން ދިޔަ މީހާ ޖެހުނު ގޮތަށް ލޭ ފައިބަން ފެށުމާއެކު އޭނާ ހޭނެތުނު،" އޭނާ ބުންނެވެ.


ދެ ވަނަ ސައިކަލްގައި އިންމީހާ ފުރަތަމަ ކާރުގައި ޖެހުނު ސައިކަލްގެ މައްޗަށް ޖެހުމަށް ފަހު  ވިއްސައިގެން ގޮސް އޮތީ ފަސްވަރަކަށް ފޫޓު ދުރުގަ އެވެ. އޭނާއަށް ވެސް ވަނީ ބޮޑެތި ޒަހަމްތައް ލިބިފަ އެވެ.


މަންޒަރު ދުއް މީހުން ބުނީ އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ޕިކަޕަކަށް އަރުވައިގެން ކަމަށެވެ.


ދެ ސައިކަލާއި ކާރަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ. ފުލުން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ. އަމީނީ މަގުގެ ފިނޭންސް މިނިސްޓްރީއާ ވީ ހިސާބު އެއްކޮށް ފުލުހުން ބަންދުކޮށް ފައިވާއިރު އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ އެވެ.


 


 


(ތަފުސީލް އަންނަނީ)


 


(އެކްސިޑެންޓްގެ ފޮޓޯ ލިބިފައިވާ ފަރާތްތަކުން 2747 އަށް އެމްއެމްއެސް ކޮށްދެއްވާ!)