މުސްލިމް ބްރްދާ ހުޑް ޖަމާއަތަކީ ޓެރަރިސްޓުން ކަމުގައި ސައުދީ އަރަބިއްޔާ އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ސީރިއާގެ ހަމަނުޖެހުމުގައި ބައިވެރިވާ ނުސްރާ ފްރަންޓް ޖަމާއަތާއި އާއި އިރާގުގެ ހަމަނުޖެހުމުގައި ބައިވެރިވާ ލެވަންޓް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމުގައި ވެސް ސައުދީން ނިންމާފައިވެ އެވެ.

ސައުދީ އިން ރަސްމީ ގޮތެއްގައި މުސްލިމް ޖަމާއަތަކީ ޓެރަރިސްޓުންގެ ގޮތުގައި އިއުލާންކުރީ އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ. ސީރިއާގައި ހަނގުރާމަ އަށް ނުކުމެ އުޅޭ ޖަމާއަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ސައުދީ ރައްޔިތުން ފަނަރަ ދުވަސްތެރޭ ސައުދީ އަށް އެނބުރި އައުމަށް ވެސް އެ ބަޔާނުން ގޮވާލައިފައިވެ އެވެ.

ސަތޭކައަށް ވުރެ ގިނަ ސައުދީން ސީރިއާގެ ހަމަނުޖެހުމުގައި ބައިވެރިވަމުންދާ ކަމުގައި ބެލެވިފައިވާ އިރު، އެހެން ގައުމުތަކުގައި ހަނގުރާމައަށް ނުކުމެ އުޅޭ ސައުދީންނަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މިދިޔަ މަހުގައި ސައުދީގެ ކިންގް އަބްދުﷲ ނިންމާފައިވެ އެވެ.