ބްރެޒްގައި ޖޫން މަހު ބާއްވާ ވޯލްޑް ކަޕް ސްޓޭޑިއަމްތައް އަންނަ މެއި މަހުގެ ކުރިން ނިންމައި ނުލެވޭނެ ކަމަށް އެގައުމުގެ މަޓޯ ގްރޮސޯ ސްޓޭޓުގެ ގަވަރުނަރު ބުނެފި އެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ހުރިހާ ކަމެއް ނިންމުމަށް ފީފާ އިން ބްރެޒިލް އަށް ދިނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެގެން ދިޔައިރު، 6 ސްޓޭޑިއަމްގެ މަސައްކަތް ނިންމިފައެއް ނުވެ އެވެ. އޭގެ ފަހުން އޭޕްރިލް މަހުގެ ކުރިން ހުރިހާ މަސައްކަތެއް ނިމޭނެ ކަމުގެ ޔަގީންކަން ބްރެޒިލް އިން ދީފައިވެ އެވެ.

"ވަގުތަށް ސްޓޭޑިއަމްތަކުގެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަމެއް ނެތް." ގަވަރުނަރު ބުންޏެވެ. "މި މަހުގެ ކުރިން އެ މަސައްކަތުގެ ކަންތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ، މެއި 6 ގެ ކުރިން އެކަންތައް ނިންމަން ޖެހޭނެ."

ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފަށާނީ ޖޫން މަހު 12 ވަނަ ދުވަހު އެވެ.