ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް "އީމާކެޓިން ކެމްޕެއިން ފޯ ޑެސްޓިނޭޝަން"ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިންނެއް ރާއްޖެ އިން ފަށައިފި އެވެ.

ޖަރުމަނު ވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއާއެއްގައި ރާއްޖެ އިން ބޭއްވި "މޯލްޑިވިއަން ނައިޓް" އެއްގައި އެ ކެމްޕެއިން ލޯންޗް ކޮށްދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އީމާކެޓިންގެ ކެމްޕެއިން އަކީ ސޯޝަލް މީޑިއާ އަށް ހާއްސަކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިފްތިތާހުކުރި ކެމްޕެއިނެއް ކަމަށެވެ.

"މިފަދަ ކެމްޕެއިނެއް ފެއްޓުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ފަތުވެރިކަމަށް ޒުވާން ފަތުވެރިން ޝައުގުވެރިކުރުވުން. އަދި މި ކެމްޕެއިން މެދުވެރިކޮށް ވެސް ރާއްޖެ އަށް އަންނަ ފަތުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.

މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ އައިޓީބީ ފެއާގައި ރާއްޖެ އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. އެގޮތުން ރާއްޖެއިން ވަނީ ޓްރެލްވަލް އަދި ޓުއަރިޒަމްގެ އެކިދާއިރާތަކަށް ޙާއްސަ ނޫސްވެރިންނަށް އަމާޒުކޮށްގެން ޙާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ.

އެ ފެއާގެ ތެރޭގައި އޭއެފްސީ ޗެލެންޖް ކަޕަށް ހާއްސަކޮށްގެން ތިން ބޭނާއެއް ބަހައްޓާފައިވާ އިރު، މުބާރާތާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ލީފް ލެޓްތައް ވެސް ދަނީ ބަހަމުނެވެ.

ޖަރުމަނު ވިލާތުގެ ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާ މިމަހު ފަހަކުން އިން މާދަމާ އަށް ކުރިއަށްގެންދާ އެފެއާގައި ރާއްޖެ އިން 67 ކުންފުންޏަކުން 128 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.