20 Dec 2010, 11:48
އޭޝިޔާގެ ޤައުމުތަކުގެ ރައްފުށުގެ ސަރަޙައްދުތަކުން އާރަބަން ރައްތަކަށް ހިޖްރަކުރާމީހުންގެ ޢަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުން ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިސާދީ ބޮޑެތި މައްސަލަތަކެއް އެރަށްތަކަށް ކުރިމަތިވަމުންދާ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއްބުނެފި އެވެ. ސިންގަޕޫރުގައި ޝާއިޢުކުރެވުނު މި ރިޕޯޓް ބުނާގޮތުން އޭޝިޔާގެ އަރބަން ސަރަޙައްދުތަކަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ފުޅާވެ އާބާދީ އިތުރުވެ މީހުން ތޮއްޖެހެމުންދާ އަރބަން ސަރަޙައްދުތަކެވެ. ވަޒީފާއާއި ޒަމާނީ ތަރައްޤީގެ ވަސީލަތްތަކުގެ ބޭނުމުގައި އޭޝިޔާގެ ރައްފުށުގެ ސަރަޙައްދުތަކުން އަރަބަން ސަރަޙައްދުތަކަށް ހިޖްރަކުރާ މީހުންގެ ޢަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުން އޭޝިޔާގެ އާރބަން ރައްތަކުގައި އިންސާނީ އަސާސީ ޚިދްމަތްތަކަށް ބާރުބޮޑުވެ ފަގީރުކަަން އިތުރުވަމުންދާކަމަށާއި މިކަމުގެ ސަބަބުން އޭޝިޔާގެ އަރބަން ސަރަޙައްދުތަކުގައި ޖަރީމާތަކާއި އިޖްތިމާޢީ މައްސަލަތައވެސްް ވަރަށްބޮޑަށް އިތުރުވަމުންދާ ކަމަށް މި ރިޕޯޓްބުނެ އެވެ. އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކުން ދާދިފަހުން ނެރުނު ރިޕޯޓެއްގައިވެސް އޭޝިޔާގެ ރައްފުށުގެ ހިސާބުތަކުން އަރބަން ސަރަޙައްދުތަކަށް ހިޖްރަކުރާ މީހުން އިތުރުވާކަމުގެ އިންޒާރު ދީފައިވެ އެވެ. އަދި މިކަމުގެ ސަބަބުން އޭޝިޔާގެ އާބަން ރައްތަކުގެ އާބާދީ ކުރިޔަށްއޮތް ފަންސަވީހަކަށް އަހަރުތަރޭގައި ހަތްދިހަ އިންސައްތައަށް އިތުރުވެ އޭޝިޔާގެ އަރބަން އާބާދީގެ ޢަދަދު ދޭއް ޕޮއިންޓް ހައެއް ބިލިޔަނަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.