މިއަދު އިރުއޮސުނު ވަގުތު ހުޅުމާލޭގައި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުވައްމުލަކު މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

އިރުއޮސުނު ވަގުތު އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ނިރޮޅުމަގާއި ހިތިގަސްހިނގުމާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންތުގައި ޒަހަމްވެފައި ވަނީ ދެ މީހަކެވެ.

މާޗް 6، 2014؛ ހުޅުމާލެގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އެކްސިޑެންޓުގައި ދެ މީހަކަށް ޒަހަމްތަކެއް ލިބިފައިވޭ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ސީރިއަސް ޒަހަމްތަކެއް ލިބުނީ އުމުރުން 43 އަހަރުގެ ފުވައްމުލަކު މީހަކަށެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް އެމެޖެންސީގައި ވަނީ މާލެ ގެނެސްފަ އެވެ. އަނެއް މީހާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މާޗް 6، 2014؛ ހުޅުމާލެގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އެކްސިޑެންޓުގައި ދެ މީހަކަށް ޒަހަމްތަކެއް ލިބިފައިވޭ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަހަމްވެފައިވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ބޮލަށް ގެއްލުންތަކެއްވެ، ކަންފަތުން ލޭ އަންނަމުންދާ ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި މީހާ އޮތީ ވަރަށް "ކްރިޓިކަލް" ހާލަތެއްގައި ކަމަށާއި ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު ދިނުމަށް އާއިލާއިން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަށް ފަރުވާ ދެމުންދަނީ އެމެޖެންސީ ރޫމްގައި ކަމަށާއި ވަރަށް އަވަހަށް އައިސީޔޫއަށް ބަދަލު ކުރާނެ ކަމަށެވެ.
ހުޅުމާލޭ އެކްސިޑެންޓުގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ސިފައިންގެ ވެހިކަލަކަށް އަރުވަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް