20 Dec 2010, 11:39
ސްޕެއިނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އަމީނީގޭ ޑޮކްޓާ ފަރަހަނާޒް ފައިސަލް، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސްޕެއިނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓާ ފަރަޙަނާޒް ފައިޞަލް މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ.