05 Mar 2014, 22:04
އެމްވީކޭ މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ޕެންޝަނަށް ދައްކަންޖެހޭ 578075.28 ރުފިޔާ ޕެންޝަން އޮފީހަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެމްވީކޭ އިން 2012 އޭޕުރީން އިން ފެށިގެން މިދިޔަ އަހަރުގެ މޭ މަހުގެ ގެ ނިޔަލަށް އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ޖޫރިމަނާއާ އެކު 578075.28ރ. އަންނަ ޖޫން މަހުގެ 30ގެ ނިޔަލަށް ދައްކައި ހަލާސް ކުރުމަށެވެ.
މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން 578،075.28ރ. ނުދައްކާ އޮތް ކަމަށް އެމްވީކޭ އިން ވަނީ ކޯޓްގައި އިއުތިރާފުވެފަ އެވެ.
ޕެންޝަން އޮފީހުން ދަނީ ޕެންޝަން ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްގެން އެ ފައިސާ ހޯދަމުންނެވެ.