05 Mar 2014, 20:03
ސާދަ މީހުންނާއެކު މާލެއިން ފުރައިގެން ކަންނެލި މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަން ފަށާފައި ވަނީ "މިސްރާބު" ނަމަކަށް ކިޔާ ދޯންޏެކެވެ.
ސިފައިންގެ ކޯސްޓްގާޑުން ބުނީ "މިސްރާބު" ދޯނި އެންމެ ފަހުން މަސްވެރި ކަމަށް ނުކުތީ ހުކުރު ދުވަހުގެ ރޭ ކަމަށާއި އޭގެ ފަހުން އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓް ގާޑަށް ރިޕޯޓްކޮށްފައިވަ ކަމަށެވެ.
ކޯސްޓްގާޑުން ބުނީ މިސްރާބް ދޯންޏަކީ ދިގު މިނުގައި 75 ފޫޓް ހުރި ބޭރުގައި މަޑު ނޫ ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށެވެ. އަދި ދިރުނބާކޮޅުގައި ހަދާފައިވާ ގެގަނޑުގައި ލާފައި ވަނީ ހުދުކުލަ ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
މިސްރާބް ދޯނީގެ ހަބަރެއް އެންމެ ފަހުން ލިބިިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:30 އެހާއިރު ފ. ހިމިތީގެ ހުޅަގުފަރާތު ބޭރުން ދަނިކޮށް ކަމަށް ދޯންޏާއި ހަވާލުވެ ހުރި ފަރާތާ ހަވާލާދީ ކޯސްޓްގާޑުން ބުނެ އެވެ.