04 Mar 2014, 20:05
ސަރުކާރާ ހިއްސާވެގެން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް 46 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީން ވައުދު ވެވަޑައިގެންފައިވާ ފަދައިން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރަކު 10 ރިސޯޓު ހުޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރިސޯޓުތައް ތަރައްގީ ކުރުމަށް ޝައުވެރިވާ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ މަހުގެ 24ގަ އެވެ.
ސަރުކާރާ ހިއްސާވެގެން ރިސޯޓް ތަރައްގީ ކުރަން ޝައުގުވެރިކަން ފާޅު ކުރި ފަރާތްތަކަކީ "ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތްތަކެއް" ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ސަރުކާރާ ހިއްސާވެގެން ރިސޯޓް ހިންގަން އެދި 46 ފަރާތައް މިން ކުރުމަށް ފަހު ޝޯޓް ލިސްޓު ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ރިސޯޓް ހިންގަން ޝައުގުވެރިކަން ފާޅު ކުރި ފަރާތްތަކުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އާންމު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.