މި މަހުގެ 22ގައި ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހާއްސަކޮށްގެން ސަން އޮންލައިން އިން ހެދި ހާއްސަ މިއަދު ލޯންޗުކޮށްފި އެވެ.

"ސަން"އިން މިއަދު ލޯންޗު ކުރި ގައި މަޖިލިސް އިންތިހާބާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ޝާއިއު ކުރާނެ އެވެ. އަދި މަޖިލިސް އިންތިހާބުގައި ވާދަ ކުރާ 304 ކެންޑިޑޭޓުންގެ ފޮޓޯ އާއި ކެންޑިޑޭޓް ނަންބަރާ އެކު، މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން އެނގެން ހުންނާނެ އެވެ.

ކެންޑިޑޭޓުންގެ ކެމްޕެއިނާ ގުޅުން ހުރި ފޮޓޯތަކާއި އިންތިހާބުގެ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް އިންތިހާބުގެ ގައި ކިޔުންތެރިންނަށް ޝާއިއު ކުރެވޭނެ އެވެ. އިންސްޓަގްރާމް މެދުވެރިކޮށް ސަންގެ ގައި ފޮޓޯތައް ޝާއިއު ކުރާނީ sunmv# ޖައްސަވައި ޓެގް ކޮށްގެން، އިންސްޓަގްރާމް ކުރުމުންނެވެ.

އިންތިހާބު ގައި މީގެ ފަސް އަހަރު ކުރިން، 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި 17 ވަނަ ރައްޔިތުންގެ މަޖިލިސް އަށް ހޮވިވަޑައިގެންނެވި މެމްބަރުން މިހާރު ސިޔާސީ ޕާޓީތަކަށް ބެހިފައިވާ ގޮތް ތަފްސީލީ ގޮތެއްގައި ސަންގެ މަޖިލިސް އިންތިހާބު އިން ފެންނަން ހުންނާނެ އެވެ.

ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާޢީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވީ އިންތިހާބު ބޭއްވުމުގެ 18 ދުވަސް ކުރިން، އިންތިހާބުގެ ސަފްހާ ސަން އިން ލޯންޗް ކުރީ ކިޔުންތެރިން ޕޭޖަށް އަހުލުވެރި ކުރުވުމަށް ކަމަށެވެ. އިންތިހާބު ސަފްހާ ތައްޔާރުކޮށްފައި ވާނީ "ޔޫސާ ފުރެންޑްލީ" ގޮތަކަށް ކަމަށާއި އިންތިހާބު ބާއްވާ ދުވަހު އެ ސަފްހާއިން "ތަފާތު" ފެނިގެންދާނެ ކަމަށް ޒާހީ ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ޕޭޖުން ފުރުސަތު މި ދެނީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު. ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯތައް މިހާރު ވެސް ޕޭޖުގައި އިންސްޓްގްރާމް ކުރަންވީ. ޕޭޖަށް އިންސްޓަގްރާމް ކުރާ ފޮޓޯތައް ޝެއާކޮށް ޓުވީޓު ވެސް ކުރެވޭނެ. މިހާރު ވެސް ޕޭޖުގައި ރާއްޖޭގެ ކޮންމެ އަތޮޅަކާއި ސިޓީތައް ވަކިވަކިން އެނގެން ހުންނާނެ. އެއިން ކޮންމެ ދިމާލަކަށް ކްލިކްކޮށްލުމުން އެ ދާއިރާއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ފެނިގެންދާނެ،" ވެބް ޑިވެލޮޕިންގެ ދާއިރާގެ ތަޖުރިބާކާރު ޒުވާން ކްރިއޭޓީވް ޑައިރެކްޓަރު ވިދާޅުވި އެވެ.

ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ސަފްހާ ލޯންޗުކޮށްފައި ވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. ސަން އަބަދު ވެސް މަސައްކަތް ކުރާނީ ޚަބަރާއި މައުލޫމާތު ފެތުރުމުގައި "އުހުގައި" ކަމަށާއި މަޖިލިސް އިންތިހާބުގައި އެކާމިޔާބީ ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯތަކާއި ވަނަވަރު އިންތިހާބުގެ ސަފްހާގައި ޝާއިއުކޮށްފައި އަޅުގަނޑުމެން މިވަނީ. މީގެ ނަހަމަ ބޭނުން ނުކުރުމަކީ އަޅުގަނޑުމެންގެ އެދުމެއް،" ހިރިގާ ވިދާޅުވި އެވެ.