ނ. މާފަރު ފަޅުތެރެއަށް ގިނަ އަދަދަކަށް ރިންމަސް ވަންނަތާ މިހާރު ވަނީ ދެ މަސްވެފަ އެވެ. އެ ރަށު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔެއްގެ ކަމަކީ މިހާރު ދާއަޅައިގެން މަސް ހިފުމެވެ.

މާފަރުގައި ހުންނަ ސަންގެ މޮނީޓާ ޒަހީން އަބުދުﷲ ބުނީ މިއަދު އެކަނި ވެސް ގާތްގަނޑަކަަށް 16000 އަށް ވުރެ ގިނަ ރިންމަސް ހިފާފައިވާ ކަމަށެވެ. އަދި އެ މަސްތައް ހިފުމަށް އެ ރަށުގެ ކުދި ބޮޑު ދެ ޖިންސުގެ މީހުން ފޯރީގައި ހޭދަކުރާ ކަމަށް ބުންޏެވެ.

"މުޅި ރަށު އެންމެނޭ ބުނެވޭ ގޮތަށް ރިން މަސް ހިފުމުގައި އުޅެނީ، ވަރަށް ބައިވަރު އެބަ ހިފާ އިނގޭތޯ،" ޒަހީން ބުންޏެވެ.

މަސް ބަހަނީ 174ގެ އަށް އެއް ވަރަށެވެ. އެ މަހުން ރިހާކުރު ކެއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރީހާން ބުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 10000 އާއި 16000 ދެމެދުގެ އަދަދަކަށް ރިންމަސް އެ ރަށް ވަންނަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ މީގެ ކުރިން އެރަށު ފަޅުގެ ތެރެއިން ދެ މަހުން އެންމަހު ކަހަލަ ގޮތަކަށް ރިންމަސް އައިންތައް ވަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަސް އައިންތައް ވަންނަތާ ގާތްގަނޑަކަށް ދެ ހަފްތާވަރު ވެފައިވާ ކަމަށް ބުންޏެވެ.

މާފަރަށް ގިނަ އަދަދެއްގެ ރިންމަސް ވަދެފައިވާ އިރު ށ. ފުނަދޫ ފަޅުތެރެއަށް ވެސް ގިނަ އަދަދަކަށް ރިންމަސް ވަންނަމުން އަންނަތާ ހަފްތާއެއް ވެފައިވާ ކަމަށް އެރަށުން ބުނެ އެވެ.