އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން އަމުރެއް ނެރެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް މާދަމާ ހެނދުނު 10:30 އަށް ހާޒިރުވުމަށް ކޯޓުން ޗިޓު ފޮނުވާފައިވާ ކަމަށެވެ.

މާދަމާ ވެސް މެމްބަރުން ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ކޮމިޝަންގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދާތީ އާއި 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާނުލުމަށް އެ ކޯޓުން ކުރި ހުކުމަކާ އިލެކްޝަނުން ހިލާފުވެފައިވާ މައްސަލާގަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މިހާތަނަށް އީސީގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އެ ކޮމިޝަންގެ މެމްބަރުން ވަނީ އިންކާރުކުރައްވައިފަ އެވެ.