04 Mar 2014, 11:42
އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ޕެޝަންސްގެ ގޮތުގެ ދެމުން އަންނަ 2300 ރުފިޔާ 5000 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެވަވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ފައިސާ އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީދި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ ޕެންޝަންގެ ގޮތުގައި އިއްޔެ 42.2 މިިލިއަން ރުފިޔާ 16،120 މީހުންގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ 5000ރ. ހަމަކުރަން ބޭނުންވާ ފައިސާ އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންގެ އެކައުންޓަށް އިއްޔެ ޖަމާކޮށްދީފައި ވަނީ 5000 ރުފިޔާ ހަމަކުރަން ބޭނުންވާ އަދަދު އެކަނި، ކުރިން ދެމުން އަންނަ 2300 ވަނީ އޭގެ ކުރިން ޖަމާކޮށްފައި. ފިނޭންސުން އެ ފައިސާ ދިނުމާ އެކު އަޅުގަނޑުމެން މި ޖަމާކޮށްދިނީ،" ސުޖާއު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެ ފައިސާ އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައެއް ނުވެ އެވެ. އެ ފައިސާ ހޯދާނީ ބަޖެޓުން ބޭރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ބަޖެޓުގައި ކަނޑައަޅާފައިވާ 400 މިލިއަނެއްހާ ރުފިޔާ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން ބޮޑުކޮށްގެން އެ ފައިސާ ނެރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.