މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނާއިބު ރައީސްގެ މަގާމަށް އެ ކައުންސިލްގެ މެންބަރު އަލީ ރަޝީދު މިއަދު އިންތިހާބުކޮށްފި އެވެ.

މިއަދު ހަވީރު ކައުންސިލްގެ އިދާރާގައި އޮތް ބައްދަލުވުމުގައި ނާއިބު ރައީސްގެ މަގާމަށް ކުރިމަތި ލެއްވީ ވެސް އަލީ ރަޝީދު އެކަންޏެވެ. އެގާރަ މެންބަރުން ހާޒިރުވި ޖަލްސާގައި އަލީ ރަޝީދު ނާއިބު ރައީސްގެ މަގާމަށް އިންތިހާބު ކުރުމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. އޭނާ އެ މަގާމަށް ހޮވަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް މުއާޒު ޔޫސުފު ހޮވުމަށް ބޭއްވި ބައްދަލުވުމަކީ އިޖްރާއަތްތައް ފުރިހަމަ ނުވާ ޖަލްސާ އެއްކަމަށް ނިންމުމުން އޭނާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.