03 Mar 2014, 15:56
ފުލުހުން ރޭ ފަޅާއަރުވާލި މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފުލުހުން އިއުލާންކޮށްފައި ވަނީ މ. ޗެރީބެލްއާގެ މުހައްމަދު އިހްސާން ސައީދު،24، އެވެ.
އިހުސާނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ނަންބަރު 9792498 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އިހުސާނަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ މައްސަލަތަކުގެ ރެކޯޑާއި ގޭންގު ހަދައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުތައް ހިންގާ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ ރެކޯޑާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ މައްސަލައިގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ނެޓުވޯކުގައި ހިމެނޭ ދެ މީހަކު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފި އެވެ.