03 Mar 2014, 15:26
ފިލްމީ ދާއިރާއިން ދުނިޔޭގައި ވެސް ދޭ އެންމެ މަޝްހޫރު އެވޯޑް ކަމަށްވާ "އޮސްކާ" ނުވަތަ އެކަޑަމީ އެވޯޑް ރޭ ދީފި އެވެ.
އެންމެ މޮޅު ފިލްމަކަށް އެ ފިލްމު ހޮވުން ވެފައި ވަނީ ތާރީހީ ކަމަކަށެވެ. އެއީ 86 އަހަރުވީ އޮސްކާ ގެ ތާރީހުގައި ކަޅު ޑައިރެކްޓަރެއް އުފެއްދި ފިލްމަކަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ.
އިނގިރޭސިވިލާތަށް އުފަން ސްޓީވް މެކްކްއީން އުފެއްދި "12 އިޔާސް އަ ސްލޭވް" ފިލްމަކީ އެމެރިކާގެ އަހުލީ ހަނގުރާމައިގެ ކުރިން އެ ގައުމުގައި އަޅުންގެ ގޮތުގައި މީހުން ގެންގުޅުން ގޮތް ދައްކުވައިދޭ ފިލްމެކެވެ. އެންމެ މޮޅު ފިލްމުގެ އެވޯޑްގެ އިތުރުން އެ ފިލްމަށް ވަނީ އެހެން ދެ އެވޯޑެއް ވެސް ލިބިފައެވެ. އެގޮތުން އެ ފިލްމުގައި އަލަށް ތައާރަފްކުރި ލުޕީޓާ ނިޔޮންއޯއަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ މަގާމު ލިބިފަ އެވެ.
މިފަހަރު އެންމެ މޮޅު ފިރިހެން ތަރި "ބެސްޓް އެކްޓަރ އިން އަ ލީޑިން ރޯލް" ލިބުނީ ފިލްމު "ޑެލާސް ބަޔާސް ކްލަބް"ގައި ކުޅެފައިވާ ރޯލުން މެތިއު މެކްކޮނާފޭއަށެވެ. އަދި "ބެސްޓް އެކްޓްރެސް އިން އަ ލީޑިން ރޯލް" ލިބުނީ ފިލްމު ބްލޫ ޖޭސްމިން އިން ކޭޓް ބްލެންޝެޓްއަށެވެ.