ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް 27 މެޖިސްޓްރޭޓަކު ހޯދުމަށް މިއަދު އިއުލާން ކޮށްފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 26 ކޯޓަކަށް 27 މެޖިސްޓްރޭޓަކު ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި 19 އިސް މެޖިސްޓްރޭޓަކު ބޭނުންވާ ކަަމަށެވެ.

މެޖިސްޓްރޭޓުްގެ މަގާމަށް ކުރިމަތިލާ މީހުންނަކީ ގާނޫނުގައި ބުނެފައިވާ ޝަރުތު ހަމަވާ ސުލޫކު ރަނގަޅު މީހަކަށްވާންޖެހޭނެ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.