އެގާރަ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ރަންނާޅި އުތުރުން 200 ވަރަކަށް ފޫޓް ދުރުގައި އޮންނަ ފަރަކަށް އަރައިފި އެވެ.

ރޭ ދަންވަރު 02:10 އެހާކަންހާ އިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ފުލުހުންގެ މެރިން ޕޮލިސްގެ ލޯންޗެއް އެސަރަހައްދަށް ގޮސް ފިހާޅޮހި ރިސޯޓް މެނޭޖްމަންޓްގެ އެހީތެރިކަމާ އެކު ފަރަށް އަރާފައިވާ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެއްމުން އަންނަ ކަމަށާއި ދޯނި އަރި އަޅާލާފައި ވާތީ އިތުރަށް އަރިވިޔަ ނުދިނުމަށް ޓަކައި ދަގަނޑު ހޮޅި ވިއްދައިގެން ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހިނގި އެ ހާދިސާގައި ފަރަށް އަރާފައި ވަނީ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށާއި އެ ހާދިސާ ހިނގި އިރު ދޯނީގެ ކެޕްޓަނާ އެކު ޖުމްލަ 10 ފަޅުވެރިން ދޯނީގައި ތިބިކަމަށެވެ.

އެކަމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.