އުމުރުން 85 އަހަރުގެ އަންހެނަކު ކިޑްނީއެއް ހަދިޔާކޮށް، އިނގިރޭސި ވިލާތުގައި ކިޑްނީއެއް ހަދިޔާކުރި އެންމެ ދުވަސްވީ މީހާއަށް ވެއްޖެ އެވެ.

އުމުރުން ދުވަސްވީ އަންހެން މީހާގެ ކިޑްނީ ހަދިޔާކުރަން ނިންމީ ކިޑްނީ ހަދިޔާކުރާނެ ފަރާތްތައް މަދުވުމާއި ގުޅިގެންނެވެ. ކިޑްނީ ހަދިޔާކުރަމުން އަންހެން މީހާ ބުނީ، ގޭގައި އިނދެގެން އަތުން ފެހުމުގައި އުޅޭ މީހަކަށް ކިޑްނީގެ ބޭނުމެއް ނުޖެހޭ ކަމަށެވެ.

އުމުރުން 85 އަހަރުގެ އަންހެން މީހާ ރޯޔަލް ޕެރެސްޓަން ހޮސްޕިޓަލަށް ދިއުމުން، އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ބެލީ އެ އަންހެން މީހާގެ ސިއްހީ ހާލަތު ރަނގަޅުތޯ އެވެ. އެ ޓެސްޓުތަކުން ދެއްކީ އަންހެން މީހާގެ ސިއްހީ ހާލަތާއި ކިޑްނީގެ ހާލަތު ރަނގަޅު ކަމަށެވެ.

"އަހަރެން އަތުގައި ދެ ކިޑްނީ އެބަ އޮތް، އެއް ކިޑްނީ އިން ވެސް ދިރިހުރެވޭނެ ކަން އަހަރެންނަށް އެނގޭ. އެހެންނޫނަސް ގޭގައި އިނދެގެން އަތުން ފަހުމާއި ޓީވީ ބެލުމުގައި އުޅޭ މީހަކަށް ކިޑްނީއެއް ބޭނުންވޭތަ؟" ކިޑްނީ ހަދިޔާކުރި އަންހެން މީހާ ބުންޏެވެ. "އެހެންވީމާ އަހަރެން ހިތަށް އެރީ ކިޑްނީއެއްގެ ބޭނުމުގައި ހުރި މީހަކަށް އަހަރެން ދިރިހުއްޓަ ކިޑްނީއެއް ހަދިޔާކުރަން."

އިނގިރޭސި ވިލާތުގައި ކިޑްނީ ހޯދުމުގައި ދަތިތައް ހުރުމުގެ ސަބަބުން އަހަރަކު 300 މީހުން މަރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަހަރަކު 2500 މީހުންގެ ކިޑްނީ ބަދަލުކުރާ އިރު، 6000 މީހުން ކިޑްނީއެއްގެ ބޭނުމުގައި ހުރެ އެވެ.