ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ އެމެރިކަން އެމްބަސީ އިން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒަށް 13،000 ޑޮލަރު (200،460 ރުފިޔާ)ގެ ފޮތް ހަދިޔާކޮށްފި އެވެ.

އެމެރިކާ އެމްބަސީ އިން މިއަދު އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ އެ ސްކޫލަށް 938 ފޮތް ހަދިޔާކޮށްފައިވާ ކަމަށެވެ.

އެ ފޮތްތަކަކީ އެމެރިކާގެ މަދަނީ ޖަމިއްޔާ، ސްޕްރިޓް އޮފް އެމެރިކާ އާއި އޭޝިޔާ ފައުންޑޭޝަން ގުޅިގެން ހަދިޔާކުރި ފޮތްތަކެއް ކަމަށް އެމެރިކަން އެމްބްސީ އިން ބުންނެވެ.

އެ އެމްބަސީ އިން ބުނީ އެ މަޝްރޫއުއަކީ ރާއްޖޭގެ 11 އަތޮޅަކަށް ބޭނުންތެރި އިނގިރޭސި ފޮތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުއެއް ކަމަށާއި ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒަކީ އެ ގޮތުން ފޮތް ހަދިޔާ ކުރި ފުރަތަމަ ސްކޫލް ކަމަށެވެ.