ކ. ބިޔާދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން ގޮސް ހުރި އިނގިރޭސި ޓޫރިސްޓަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 65 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި އޮއްވައި ފެނިފައި ވަނީ މިރޭ 7:45 އެހާކަންހާއިރު، ބިޔާދޫ ރިސޯޓުގައި ބޭރުން ކަމަށެވެ. އެކަނި ސްނޯކްލިންއަށް ގޮސް އުޅުނު އެ މީހާ ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 6:24 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ މަރު ސާބިތު ކުރީ ކ. މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްގެންނެވެ.

މިފަަހަކަށް އައިސް ޓޫރިސްޓުން ގެބިގެން މަރުވުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރިސޯޓް އޯނަރުންނާ އެކު މަޝްވަރާކުރަމުންނެވެމާ