02 Mar 2014, 21:19
އެމެރިކާގެ ކާމިޔާބު އިންވެސްޓަރު އަދި ބިލިއަނަރު ރޮބަޓް އަގޮސްޓިނެލީގެ ކުރީގެ ލޯބިވެރިޔާ އަށް ދިން އެންގޭޖްމެންޓް އަނގޮޓި އަނބުރާ ހޯދަން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ކައިވެނީގެ ގޮތުން ގުޅުމުގެ ކުރިން އަގޮސްޓިނެލީގެ ކުރީގެ ލޯބިވެރިޔާ އަށް ދިން އަނގަޓިއަކީ 400،000 ޕައުންޑަށް އޭނާ ގަނެފައިވާ އަނގޮޓިއެކެވެ. މި އަނގޮޓި އަނބުރާ ހޯދަން އަގޮސްޓިނެލީ ފަދަ ބިލިއަނަރަކު މަސައްކަތް ކުރާތީ ގިނަ ބައެއްގެ ފާޑުކިއުންތައް އޭނާ އަށް ވަނީ އަމާޒު ވެފަ އެވެ.
އިނގިރޭސި ކްލަބު ލިވަޕޫލް ގަތުމަށް ކުރިން މަސައްކަތް ކުރި އަގޮސްޓިނެލީގެ ކުރީގެ ލޯބިވެރިޔާ އަކީ ފޯމިއުލާ ވަންގެ އެގްޒެކެޓިވް ޗާލޮޓް ލޫކަސް އެވެ. މި ދެމީހުން ލޯބީގެ ގުޅުން ނިމިގެން ދިޔައީ ހަ އަހަރު ދުވަހު އެކުގައި އުޅުމަށް ފަހު އެވެ.
"އަގޮސްޓިނެލީ ދިން އަނގޮޓި އަނބުރާ ހޯދަން އުޅުމަކީ ވަރަށް ދެރަ ކަމެއް." މި ދެމީހުންގެ ރައްޓެއްސެއް ބުންޏެވެ. "މިކަމުން އަގޮސްޓިނެލީ ދައްކަން އެ އުޅެނީ އަންހެނުންގެ އެއްވެސް ބާރެއް ނެތް ކަން. އެއީ ކޮންމެހެން އޭނާ ފައިސާ ބޭނުންވެގެން އުޅޭތީކީ ނޫން."
އަގޮސްޓިނެލީއާ މިސް ލޫކަސް އެންމެ ފުރަތަމަ ބައްދަލުވީ 2007 ވަނަ އަހަރު އެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ދެ މީހުން ލޯބީގެ ގޮތުން ގުޅި ކައިވެންޏަކަށް ދާން ނިންމި އެވެ.