02 Mar 2014, 15:27
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް 62،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ 12:00 ހަމަވިއިރު 62،712 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
ކޮމިޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން އިސްލާހު ކުރަން ޖެހޭ ބައެއް ފޯމް މިހާރު ވަނީ އަނބުރާ ފޮނުވާލާފައިވާ ކަމަށް ޝަކީލު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ގައުމުތަކުގައި ކަމަށްވާއިރު، އިންޑިޔާއާއި ލަންކާގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ފޯމް ލިބިފައިވާ ކަމަށްވެސް ޝަކީބު ވިދާޅުވި އެވެ.
މި މަހުގެ 22 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި 240،000 އަށްވުރެ ގިނަ މީހުނަށް ވޯޓުލުމުގެ ހައްގުލިބިފައިވެ އެވެ. މި އިންތިހާބުގައި 302 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ