ފިލިޕްސް އަދި މަކިޓާގެ ޕްރޮމޯޝަނެއް އެސްޓީއޯ އިން މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި "ހެއްޔާ މަކިޓާ" ޕްރޮމޯޝަން އާއި "ގިފްޓް ޔުއަ ލަވް ވަންސް ވިތް ފިލިޕްސް" ޕްރޮމޯޝަންތައް ފައްޓަވައި ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ފެށި ޕްރޮމޯޝަންގެ ތެރެއިން ހެއްޔާ މަކިޓާ ޕުރޮމޯޝަން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެ ޕްރޮމޯޝަންގައި 25 ޕަސެންޓުގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ އިރު 12 މަހުގެ ވޮރެންޓީ ވެސް ދެވިގެންދާނެ ކަމަށެވެ.

އެސްޓީއޯގެ ފިލިޕްސް ބްރޭންޑް މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ ވިދާޅުވީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ފިލިޕްސް ޕްރޮމޯޝަންގައި ކުރާ ކޮންމެ 1،000ރ. އާއި 2،000ރ. ދެމެދުގެ ވިޔަފާރިތަކަށާއި 35000ރ. އިން މަތީ ކޮންމެ ވިިޔަފާރިއަކަށް ވަގުތުން ލިބޭ އިނާމްތަކެއް ހިމެނޭނެ ކަމަށެވެ.

އެދެ ޕްރޮމޯޝަނަކީ ވެސް މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ ދެ ޕްރޮމޯޝަނެކެވެ.