20 Dec 2010, 05:36
އައްޑު އަތޮޅު ހިތަދޫގައި ރޭ މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. ދަން ޖެހުނީ ހިތަދޫ އަޒުހަރީގޭ، އަހުމަދު ޝަމްސޫދު 28، އެވެ.
ޝަމްޝޫދަކީ ޕެރަޑައިސް ރިސޯޓުގައި ވޭޓަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ މީހެކެވެ.
ފުލުހުން ބުނީ އެ މީހާ ދަންޖެހިފައި ހުރީ، އޭނާ ދިރިއުޅޭ ގޭގައި ކަމަށާއި ފެނުނީ ރޭ 12:30 އެހަކަންއިރު ކަމަށެވެ.
އަދި ބުނީ ދަންޖެހިފައި ހުރި މީހާ ނަގައިގެން ރޭ މެންދަމު ހިތަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.
ހިތަދޫ ހޮސްޕިޓަލުން ބުނީ އެމީހާ ރޭ ހޮސްޕިޓަލަށް ގެނެސް ބެލިއިރު ދަންޖެހުމުގެ ސަބަބުން މަރުވެފައި ވުން ފިޔަވައި އިތުރު ކަމެއް ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.
ފުލުހުން ގެންދަނީ މިހާދިސާ އިތުރަށް ބަލަމުންނެވެ.
(ތަފުސީލު އަންނަނީ)