14:30


ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކަންތައްތައް ނުކުރެވުމުން އެމްޑީޕީގެ ގޮތް ހުސްވެގެން ސިއްރިޔާތުގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންނާ ރައީސުލްޖުމުހޫރިއްޔާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވީ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، މުލިޔާގޭ ވަލުދޮރާށިން ރޭ ވައްދަވައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސިއްރިޔާތުގައި ބައްދަލު ކުރައްވާފައި ވަނީ މަޖިލީހުން އެމްޑީޕީން ކުރަން ބޭނުންވާ ކަންތައްތައް ނުކުރެވުމުން ކަމަށާއި މިއަދުގެ ޖަލްސާވެސް އެމްޑީޕީސް ހިސޯރު ކުރުމުން ދެން މަޖިލީހުން ކަންތައްތައް ހަމަމަގަން އަޅުވާނީ މަގުމައްޗަން ނުކުމެގެން ކަމަށެވެ.


މަހުލޫފް ވިދާޅުވީ ރައްޔިތުގެ މަޖިލީހުގައި ހިނގައިދިޔަ މާރާމާރީގެ ފެށުމަކީ އޭނާ ނޫން ކަމަށާއި ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވެގެން ދިޔައީ އެމްޑީޕީގެ މެންބަރުންގެ ސަބަބުން ކަމަށާއި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ އަންހެން މެންބަރުނަށާއި އެހެން މެންބަރުންނަށް ފުރައްސާރަ ކުރުމުގެ އަމަލްތައް ފައްޓަވާފައިވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކަމަށް މަހުލޫފް ތުހުމަތު ކުރެއްވި އެވެ. އަދި އެ މާރާމާރީއަކީ ފަރުދާގެ ފުރަގަހުގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުން ރާވާ ރޭވުމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އަމަލެއްގައި ޑީއާރުޕީގެ އެއްވެސް މެންބަރަކު ހިމެނިވަޑަގެންފައިނުވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.