އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝަހީމްގެ ސައޫދީ އަށް ކުރައްވާ ދަތުރުފުޅަކީ، މިމަހުގެ 2-3 އަށް މައްކާގައި އޮންނަ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުމުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުންނާއި ގައުމުތަކުގެ އިސްލާމީ ގިނަ މުއައްސަސާތަކަކުން ބައިވެރިވާ، އެ ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވާނީ، ސައޫދީ ރަސްގެފާނު، އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައޫދު އެވެ.

މިނިސްޓަރު ޝަހީމް ސައޫދީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ ވެރިންނާއި އިސްލާމީ ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ އިސްލާމީ ކަންކަމުގައި އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.