ކުރިކެޓް ބޯޑުން އިންތިޒާމު ކޮށްގެން ބޭއްވި ތާޖުއްދީން ސްކޫލްގެ މައިލޯ އިންޓަ ހައުސް ކުރިކެޓް މުބާރާތް ނިމިއްޖެ އެވެ.

ތިން ކެޓަގަރީއަކަށް ބަހާލާގެން ކުޅުނު މި މުބާރާތުގެ ޖޫނިއާ (ފިރިހެން) ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ބުލޫއާއި ބައްދަލުކޮށް ރެޑް ހައުސް އެވެ. ސީނިއާ ކެޓަގަރީ (ފިރިހެން) ޗެމްޕިއަންކަން ހޯދީ ރެޑް ހައުސްއާއި ބައްދަލުކޮށް ބުލޫ ހައުސް އެވެ. އަންހެން ކުދިންގެ ޗެމްޕިއަންކަން ހޯދީ ގްރީން ހައުސްއާއި ބައްދަލުކޮށް ކާމިޔާބުކުރީ ގްރީން ހައުސް އެވެ.

މިދިޔަ މަހުގެ 25 އިން އިއްޔެގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ ވަނަ އަށް އާ ފަރާތްތަކަށް ތައްޓާއި ހަދާނީ ލިތުން ދެއްވޫ ދެއްވީ ތާޖުއްދީން ސްކޫލް ޕްރިންސިޕަލް އައިޝަތު ސޯލިހް އާއި އެސްކޫލްގެ ލީޑިން ޓީޗަރުންއާއި ކްރިކެޓް ބޯޑުގެ ވައިސް ޕްރެޒިޑެންޓް މުހަންމަދު ފައިސަލާއި ޕްރެޒިޑެންޓް އަހްމަދު ހަސަންދީދީ އެވެ.

މުބާރާތުގެ ކޮންމެ ހައުސްއަކުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ކޮންމެ މެޗެއްގެ މޭން އޮފް ދަމެޗް އަދި މުބާރާތުގައި ބައިވެރިވި ކޮންމެ ހައުސްއަކަށް ތަށިދިނުމުގެ އިތުރުން ބައިވެރިވި ކޮންމެ ކުއްޖަކަށް ސެޓްފިކެޓް ދެވުނެވެ.

އިއްޔެގެ ފައިންލް މެޗްތައް ފެށުމުގެ ކުރިން ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ މެޗެށް ކުޅެވުނެވެ. މިމެޗް ކާމިޔާބުކުރީ ސްކޫލް ޓީޗަރުންގެ ޓީމް އެވެ.