20 Dec 2010, 04:47
އެމެރިކާ ސިއްރިޔާތުގައި ޖަރުމަނަށް ޖާސޫސުކުރަމުން ގެންދާ ކަމަށް ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކެއް ބުނެފި އެވެ. މިލިޔުންތަކާ ޙަވާލާދީ ޖަރުމަނުގެ ދީރު ޝްބީގަލް މަޖައްލާ ބުނާގޮތުން އެމެރިކާވަނީ ޖަރުމަނުގެ ވެރިރަށް ބަރލިންގައި ޖާސޫސީ ވަރުގަދަ ވިއުގައެއް ޤާއިމްކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ މިވިއުގައިން ޖަރުމަނުގެ ސަރުކާރުގެ މުޢާމަލާތްތަކާއި އެޤައުމުގެ އެތެރޭގެ ކަންތައްތަކާއި އިސްވެރިންގެ ޙަރަކާތްތަކުގެ މަޢްލޫމާތު ހޯދަމުން ގެންދާ ކަމަށާއި ޖަރުމަނުގެ މިހާރުގެ ބައެއް އިސްވެރިންނާމެދު އެމެރިކާ ހިތްހަމަނުޖެހޭކަންވެސް ވިކިލީކްސްއާ ޙަވާލާދީ ދީރު ޝްބީގަލް މަޖައްލާ ބުނެ އެވެ. އެމެރިކާ ހިތްހަމަނުޖެހޭ ޖަރުމަނުގެ އިސްވެރިންގެ ތެރޭގައި ޖަރުމަނުގެ ޚާރިޖީ ވަޒީރު ގީޑޯ ވިސްޓަރވިލާ ހިމެނި ވަޑައިގަންނަވަ އެވެ. ވިސްޓަރވިލާ އަކީ ގޮތްދޫނުކުރައްވާ ހަރުކަށި ބޭފުޅެއްގެ އިތުރުން އެމެރިކާއަށް ފާޑުވިދާޅުވާ ބޭފުޅެއްކަމަށާއި އޭނާއާމެދު އެމެރިކާ ހޮތްހަމަ ނުޖެހޭކަން އެމެރިކާގެ ސިއްރު މެސެޖްތަކަކުން ހާމަވާ ކަމަށްވެސް ދީރު ޝްބީގަލް މަޖައްލާބުނެ އެވެ.