02 Mar 2014, 10:41
މަރުވެ ކުނިވެފައި އޮތް ބޮޑު މަހެއް ފ. ދަރަނބޫދު އަށް ލައްގައިފި އެވެ.
ދަރަނބޫދޫ ކައުންސިލްގެ އިދާރާ އިން ބުނީ މިއަދު ފަތިހު އެ މަސް ފެނިފައި ވަނީ މިއަދު ހެނދުނު 6 ޖަހާކަންހާއިރު ކަމަށެވެ. އެ މަހުގެ ދިގުމިން 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ކައުންސިލްގެ އިދާރާ އިން ބުނެ އެވެ.
"މި މަސް ފެނުނީ ރަށުގެ ދެކުނު ފަރާތުން އައުނު ގަނޑުމަތީގައި ލައްގާފައި އޮއްވައި. ހެނދު ގާތްގަނޑަކަށް 6:15 އެހާކަންހާ އިރު ފ. ދަރަނބޫދޫ ގުޑްލަކް އާދަމް ޙަލީމަށް މިމސް ފުރަތަމަ ފެނުނީ. އޭނާ އަށް މަސް ފެނުމާ އެކު ރަށު ކައުންސިލް އަށް ވަނީ މަޢުލޫމާތު ދީފައި. ރަށު ކައުންސިލް އަށް މަޢުލޫމާތު ލިބު ހިސާބުން ފެށިގެން މަސް ކަނޑުފެއްތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ކައުންސިލްގެ އިދާރާ އިން ބުންޏެވެ.
ހެލްތު ސެންޓަރުގެ އިސްވެރިޔާ ހާލިދު ސުލައިމާން މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށަށް ލައްގާފައި އޮތް ބޮޑު މަސް ފެނިފައި ވަނީ މިއަދު ހެނދުނު 8:00 ޖަހާކަންހާ އިރު އެރަށު ދެކުނު ފަރާތުގެ އާނުގަނޑު މަތިން ކަމަށެވެ.