އަފްޢާނިސްތާނަށް އަރައިތިބި އެމެރިކާއާއިނޭޓޯގެ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވާ ހަގުރާމަވެރިންގެ ބަޔަކު އެޤައުމުގެ ޢަސްކަރީ ބޭސް ތަކަކަށް އަމިއްލަޔަށް މަރުވެގެން ވަރުގަދަ ހަމަލާތަކެއްދީފި އެވެ. މިހަމަލާތަކުގައި ސިފައިންގެ ތޭރަ މީހުންނާ ހަމަލާ ދިން ހަނގުރާމަވެރިންގެ ފަސް މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައްބުނެ އެވެ. ފުރަތަމަ ހަމަލާދިނީ ޣުންދޫސް ކިޔާ ސިޓީ ގައި ހުންނަ، ސިފައިންގެ ތަމްރީން މަރުކަޒަކަށެވެ. މިމަރުކަޒަށް ޙަމަލާދިން ހަނގުރާމަވެރިން ނާއި ސިފައިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނު ކަމަށާއި އެތައް ގަޑިއަކަށް ބަޑީގެ މިހަމަލާތައް ދިގުދެމިގެން ދިޔަ ކަމަށް ޚަބަރުލިބެ އެވެ. ދެވަނަ ހަމަލާދީފައިވަނީ ވެރިރަށް ކާބުލްގެ ރަށް ބޭރުގައި ހުންނަ ސިފައިންގެ ތަމްރީން މަރުކަޒެއްގެ  ކައިރިން ދަތުރުކުރި ސިފައިންގެ ބަހަކަށެވެ. މިދެހަމަލާގެ ޒިންމާވެސް އުފުލާފައިވަނީ ތޯލިބާން ޖަމާއަތުންނެވެ. އިއްޔެދިން މިދެ ހަމަލާއަކީ އަފްޣާން ސިފައިންގެ ތެރެއަށް އިތުރު މީހުން ވެއްދުން ހުއްޓުވުމަށް ދިން ދެހަމަލާ ކަމަށް މުރާސިލުން ސިފަކުރެ އެވެ. އަނެއްކޮޅުން ތާލިބާނުންގެ އެހެން ޙަމަލާތަކެއް ނޭޓޯ ސިފައިންގެ މީހަކުވެސް އަފްޣާނިސްތާނުގައި އިއްޔެ މަރުވެފައިވާ ކަމަށް ޚަބަރުލިބޭއިރު ތާލިބާނުންގެ ވިހި މީހަކު މަރުވިކަމަށް ނޭޓޯ ބުނެ އެވެ.