01 Mar 2014, 13:20
ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ދެވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ވީއައިއެޗްއެސް) ބަލިކޮށް، މޯލްޑިވްސް ނެޝަނަލް ޔުނައިވާސިޓީ (އެމްއެންޔޫ) ޗެމްޕިއަންކަން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ވާދަވެރި މެޗުން ވީއައިއެޗްއެސްގެ މައްޗަށް އެމްއެންޔޫ ކުރި ހޯދީ 112-88 ޕޮއިންޓުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އެމްއެންޔޫގެ ޖާޒީ ނަންބަރު 15 އަހުމަދު އަހުސަން އަށެވެ.
މި މުބާރާތުގެ އެންމެ ފައިދާ ހުރި ކުޅުމެއް ދެއްކި ކުޅުންތެރިއަކަށް ހޮވުނީ ވެސް ފައިނަލް މެޗުގެ މޮޅު މޮޅު ކުޅުންތެރިޔާ އަހުސަން އަށެވެ. އެންމެ މޮޅު ކޯޗަކަށް އެމްއެންޔޫގެ ކޯޗު މުހައްމަދު ޒިލާލް ހޮވުނު އިރު، މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ އެމްއެންޔޫގެ އަހުމަދު އަދުހަމް އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެން ފެބްރުއަރީ 17 އިން ފެށިގެން ކުރިއަށް ދިޔަ މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްއެންޔޫގެ އަހްމަދު އަދުހަމް އާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ ޒާއިބް އާޒިމް އާއި ވިލާ ކޮލެޖްގެ މުހައްމަދު ހުވައިލަދާއި ވީއައިއެޗްއެސްގެ އަބްދުﷲ އަމްޒަރު އަދި އެ ސްކޫލުގެ އިބްރާހިމް ނަސީމެވެ.