ނ. މާފަރުން ފަސް ފޫޓް ދިގު މަރުވާނާ ގަހެއް ފެނިއްޖެ އެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު މިއަދު ސަން އަށް ވިދާޅުވީ އެ ރަށުން ފެނިފައި ވަނީ ފަސް ފޫޓް ދިގު މަރުވާނާ ގަހެއް ކަމަށާއި އެގަސް ފެނިފައި ވަނީ އެ ރަށުގައި އެއާޕޯޓް ހެދުމަށް ފެންސުޖަހާފައިވާ ސަރަހައްދުން ކަމަށެވެ.

"މިއަދު ހެނދުނު 10:45 އެހާކަންހާއިރު އާންމު ފަރާތަކުން މައުލޫމާތް ދިނީ، އަޅުގަނޑު މެނަށް ޔަގީން ކުރެވިއްޖެ އެއީ މަރުވާނާ ގަހެއްކަން،" އާމިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ގަސް މިހާރު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި ފުލުހުން އެ ރަށަށް މިހާރު ދިއުމަށް ދަތުރުކުރުމުން ދާ ކަމަށެވެ.

ފުލުހުން ބުނީ އާންމު ފަރާތަކުން އެފަދަ މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.