01 Mar 2014, 11:31
ގ. މަސްއޮޑިގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު 18 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ ގ. މަސްއޮޑިގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެގެއިން މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ އިރު އެގެއިން މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ގެއިން މިހާތަނަށް ހައްޔަރުކުރީ 16 ފިރިހެނުންނާއި ދެ އަންހެނެއް ކަމަށެވެ. އަދި އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ.
ފުލުހުން ބުނީ އެގޭތެރެއިން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެގޭ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހެެރޮއިން ކަމަށް ބެލެވޭ އެއްޗެހި ތަކެއް ވެސް ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން 100،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.