01 Mar 2014, 11:08
ށ. ފުނަދޫ ފަޅުތެރެއަށް ގިނަ އަދަދަކަށް ރިންމަސް ވަންނަމުން އަންނަތާ ހަފްތާއެއް ވެއްޖެ ކަމަށް އެރަށުން ބުނެފި އެވެ.
ފުނަދޫއަށް މި މަސްތައް ވަންނަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނުގެ ވަގުތުގަ އެވެ. އަދި އެމަސްތައް ހިފުމަށް އެރަށުގެ ކުދި ބޮޑު ދެ ޖިންސުގެ މީހުން ފޯރީގައި ހޭދަކުރެ އެވެ.
http://sun.mv/albums/live_23225.jpg
މަސް ހިފުމުގައި އުޅޭ އެރަށު މީހަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 700 އާއި 1000 ދެމެދުގެ އަދަދަކަށް ރިންމަސް އެރަށް ވަންނަމުން އަންނަ ކަމަށެވެ. އަދި އިއްޔެ އެކަނި ވެސް 1100 ރިންމަސް އަރާފައިވާއިރު އެ މަސްތައް ރަަށަށް ވަންނަމުން އަންނަތާ ހަފްތާއެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"މީހަކު މަސްގަނޑެއް ވަދެއްޖެއްޔޭ ގޮވާލާއިރަށް ދެ ޖިންސުގެ ކުދި ބޮޑު އެންމެން އަތިރިއަށް އަންނާނެ، ދެން ވަރަށް ފޯރީގައި އެމަސްތައް ހިފައި ގޮނޑުދޮަށަށް ޖަމާކުރާނެ،" އޭނާ ބުންޏެވެ.
http://sun.mv/albums/live_23219.jpg
މަސްތައް ބެހުމުގެ މަސައްކަތް ކުރަނީ މަސް ހިފުމުގައި އިސްކޮށް އުޅޭ މީހުން ކަމަށާއި އެ މަސްތައް ބަހާލަނީ އެކަމުގައި އަމަލީ ގޮތުން އުޅޭ މީހުންނަށް ހަމަހަމައަށް ކަމަށް ވެސް އޭނާ ބުންޏެވެ.
http://sun.mv/albums/live_23220.jpg