19 Dec 2010, 19:20
ބަންގާޅު މީހެއްގެ ފޯނާއި ފައިސާތަކެއް ފޭރިގަތް ފުލުހަކު ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނުވަސް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ގދ. މަޑަވެލީ ބަހާރުގޭ އަޒަމް މުހައްމަދުގެ މައްޗަށެވެ.
ކޯޓުން ބުނީ ޖެނުއަރީ 27، 2006 ގައި އަޒަމް އިތުރު މީހަކާއެކު ފުލުހުންގެ ޔުނީފޯމްގައި މ. އޮޅިތެރޭގެއަށް ވަދެ އެގޭގައިހުރި ބަނގްލަދޭޝް މީހެއް ކަމުގައިވާ ފަރޫކް އަތުގައި އޮތް ނޮކިތާ މޮބައިލް ފޯނަކާއި 120ރ. ފޭރިގެން ކަމަށް ބުނެ ދައުލަތުން އަޒަމްގެ މައްޗަށް ދައުވާ ކުރުމުން ބެލި މައްސަލައަށް އަޒަމް އިންކާރު ކުރި ނަމަވެސް ކްރިމިނަލް ކޯޓްގެ ޝަރީއަތަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކަށް ބަލާއިރު މިކަމާ ގުޅިގެން އަޒަމް މައްޗަށް ފޭރުމުގެ ކުށްސާބިތުވާ ކަމަށެވެ.
އަޒަމް، ބަންގާޅު މީހާއަތުން ފޯނާއި ފައިސާ ފެރިފައި ވަނީ ފުލުހުންގެ ޔުނީފޯމްގައި، ދައުލަތުގެ އަމަން ބަލަހައްޓާ މީހެއްގެ ގޮތުގައި ހުރެގެން ކަމަށްވާތީ އެކަމަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެވެ.