މާލޭ ގެސްޓް ހައުސް އެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަމުންދިޔަ ހަތަރު ބިދޭސީއަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 28 އަހަރާއި 38 އަހަރުގެ ދެ އަންހެނުންނާއި 29 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 5:45 އެހައިކަންހާއިރު އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާގުޅިގެން، އަލިކިލޭގެފާނުގެ މަގުގައި ހުންނަ ގ. އުތުރުގެއާގޭގައި ހިންގަމުންދާ ގެސްޓް ހައުސްއެއްގެ ދެ ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރުވެސް ދެ އަންހެނުން ތިބީ ބަރަހަނާ ހާލަތުގައި ކަމަށެވެ. އަދި އެ ކޮޓަރިތެރެއިން ބަދުއަޚުލާގީ އަމަލު ހިންގަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.