Last Updated: 1 decade 2 year ago
އޭނާ ފުލުހުންގެ ބަންދުގައި ހުރިކަން ހާމަވީ، އައިޖީއެމްއެޗުން އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ތަހުގީގު ކުރާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓިއަށް އޭނާ ހާޒިރު ކުރުމަށް އުޅުމުންނެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އެ މީހާ ފުލުހުންގެ ބަންދުގައި ހުރި ކަމަށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ފުލުހުންގެ ބަންދުގައި ހުރި ކަމެއް، ފުލުހުން މީޑިއާއަކަށް އަދި ހާމައެއް ނުކުރެ އެވެ.
ލޭ ގެނައީ ބަލި މީހާގެ އާއިލާއިން. އެއީ އެތާ ބްލަޑް ބޭންކުގައި ހުރި ލެއެއް ނޫން. ހިއުމަން އެރާ ނެހެދުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކުރަމުން މިދަނީ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އޭނާ އއ. ރަސްދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވަނިކޮށް ވަޒީފާއިން ވަކިކުރި ކަމަށް ކޮމެޓިއަށް މައުލޫމާތު ލިބިފައިވާ ކަމަށް. އަދި އެތަނުގެ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އައިޖީއެމްއެޗުން އޭނާއަށް ވަޒީފާ ދިނުމަކީ މައްސަލައެއް ކަމަށް އަލީ ވަހީދު ވިދާޅުވި
އެޗްއައިވީ ޕޮޒިޓިވް ލޭ އެޅިފައިވާ އަންހެން މީހާގެ އާއިލާގެ އެއްވެސް މީހެއްގެ ގަޔަށް އެ ވައިރަސް އަރާފައިވޭތޯ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު ޝިފާޒު ސުވާލު ކުރެއްވުމުން ޝަކީލާ ވިދާޅުވީ "އެޗްއައިވީ ޕްރޮޓޮކޯލްގެ ދަށުން އެކަހަލަ އެއްވެސް ވާހަކައެއް ނުދެއްކޭނެ" ކަމަށް.
ޕަބްލިކް ކޮންފިޑެންސް ސިއްހީ ދާއިރާއަށް އަލުން ހޯދައިދިނުމަށްޓަކައި ހުރަންޖެހޭ ކޮންމެ ކަމެއް ކަމެއް ކުރާނަން. ހިނގައިދިޔަ ކަމަކީ އެއީ "ހިއުމަން އެރާ"އެއް. މިކަމުގައި އެއްވެސް އޮޅުވާލުމެއް، އޮޅުވާލާފައެއް ނުވާނެ. މީޑިއާއަކުން ކަމެއް ހާމަކޮށްގެންނެއް ނޫން މިކަން އަޅުގަނޑުމެން ހާމަކުރީ. މިއީ ޕަބްލިކަށް އެނގެންޖެހޭ އެއްޗަކަށްވާތީ އަޅުގަނޑުމެއް ހާމަ ކުރީ.
އެޗްއައިވީ ލޭ އެޅުމުގައި ދިމާވި ހިތާމަވެރި ހާދިސާގެ ޒިންމާ އުފުލަން
އަޅުގަނޑު ރިޒައިން ކުރުމަކުން މައްސަލައެއް ހައްލުވީއަކީ ނޫން. އަޅުގަނޑުމެން ނުވަ ބިލިއަން ހުށަހެޅީމާ ލިބުނީ ދެ ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ލިބުނީ.
މިހާތަނަށް އަމަލުކޮށްފައި އޮންނާނީ އެކަމުގައި އެންމެ "ބެސްޓް" އަދި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު. އެކަންތައް ފޮރުވައިގެން ތިބުމަކީ ރަނގަޅު ކަމެއް ނޫން. ރައްޔިތުންނަށް އެނގެން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ދާއިރާއަކީ ވަރަށް ބޮޑަށް ހީނަރުވެފައި ހުރި ދާއިރާއެއް. ޒަމާނުއްސުރެ ސިއްހީ ދާއިރާއަށް އަޅާ ނުލެވިފައި އޮތީ.
ލޭ އެޅީ އަކީ ނޫން. ލޭ އެޅުނީ. މިކަން އަޅުގަނޑަށް އެނގުނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު.
މި ކަމުގެ ޒިންމާ ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރިހާ ބޭފުޅުން ނަގަން ޖެހޭނެ... މި މައްސަލާގައި އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ލަފައެއް ދީފައި. ފުލުހުން ވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން.