28 Feb 2014, 14:07
ދަވްޙާ (ފެބްރުއަރީ 28) : ގަތަރުގެ ވެރިރަށް ދަވްޙާގައި ހުންނަ ތުރުކީވިލާތުގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެ އެވެ.
ގަތަރުގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން ދަވްޙާގައި ހުންނަ ތުރުކީގެ ރެސްޓޯރެންޓެއްގައި ގޮވާފައި ވަނީ ކެއްކުމަށް ބޭނުންކުރާ ގޭސްފުޅިއެކެވެ. މިއީ ބަޔަކު ގަސްދުގައި ހިންގި ޓެރަރިސްޓް ޢަމަލެއް ކަމަށާ މިއީ ނޭންގުމެއްގެ ތެރޭން ހިނގި ކަމެއް ކަމަށް ގަތަރުގެ އަމަންއާންމާ ބެހޭ ވެރިޔާ ޖެނެރަލް ސަޢްދުބިން ޖާސިމް ވިދާޅުވި އެވެ. މިހާދިސާގައި މަރުވި 12 މީހުންގެ ތެރޭގައި ގިނައީ އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި އަރަބި ބައެއް ގައުމުތަކުގެ މީހުންނެވެ.
މީގެ ތެރޭގައި ހިމެނެނީ ގަތަރުގެ ރައްޔިތަކާއި އެގައުމުގައި ދިރިއުޅޭ އޭޝިޔާގެ ގައުމުތަކުގެ މީހުންނާއި އަރަބި ބައެއް ގައުމުތަކުގެ 11 މީހުން ކަމަށް ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. މިހާދިސާ ހިނގި ރެސްޓޯރެންޓްގެ ބޮޑުބައެއް ހަލާކުވެފައިވާ އިރު ގޭސްފުޅި ގޮވި ވަގުތު ގިނަ އަދަދެއްގެ އާއިލާތައް އެ ރެސްޓޯރެންޓްގައި ތިބި ކަމަށްވެ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)