27 Feb 2014, 22:32
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ ފާރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެގައި ބުނެފައިވަނީ ރީ ރަޖިސްޓްރީ ކުރުމުގެ ވަގުތު މާދަމާ ރޭ 10:00 ގައި ހަމަވާނެ ކަމަށް ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް އެ ފުރުސަތު މާދަމާ ރޭ ގެ 12:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް އަލުން ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.