އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއްގެ އިހްމާލުން އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ތަހުގީގު ކުރުމުގެ މަސަައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހާއްސަ ޓީމަކުން ފަށައިފި އެވެ.

އެޗްއައިވީ ލޭ އެޅި މައްސަލަ ތަހުގީގު ކުރަން ފެށިކަން އެޗްއާރްސީއެމުން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު ނެރުއްވި ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ހާދިސާ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް އެކަމުގައި އިހުމާލުވި އަދި ޒިންމާވާން ޖެހޭ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅުއެޅަށް ގޮވާލާ ކަށެވެ.

"މި ހާދިސާ ކަމާއިބެހޭ ފަރާތްތަކުން ތަހުގީގްކޮށް މިކަމުގައި އިހުމާލުވި އަދި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅުމަށް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި މިހަދަ ކަމެއް ތަކުރާރްވިޔަ ނުދިނުމަށްޓަކައި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތްވާ ގޮތުގެ މަތިން ގަވާއިދުތަކާއި އަމަލުކުރާން ޖެހޭ ނިޒާމްތައް ހަރުދަނާ ކުރުމަށް އައިޖީއެމްޗް އަށާއި މިނިސްޓްރީ އޮފް ހެލްޓް އަށް ވެސް މި ކޮމިޝަންއިން ގޮވާލަމެވެ. "އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތުގެ ދިރިހުޅުމުގެ ހައްގާއި ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އެހެން ކަމުން އެ ހާދިސާ ދިމާވި މީހާއަށާއި އެ މީހާގެ އާއިލާއަށް އިޖްތިމާއީ ރައްކާތެރިކަން ފުރިހަމައަށް ދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. އަދި އެ ހާދިސާގެ ސަބަބުން ހެއްލުން ލިބުނު މީހާއަށާއި އޭނާގެ އާއިލާއަށް އެއްވެސް ތަފާތުކުރުމެއް ކުރިމަތިނުވާނެ ގޮތަކަށް ކަރާތްމެތެރި ދިރިއުޅުމެއް އެ މީހާއަށާއި އޭނާގެ އާއިލާއަށް ކަޝަވަރުކޮށްދިނުމަށް ސަރުކާސާއި ދައުލަތަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.