ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހަކު އަމިއްލަ އަށް ފުލުހުންގެ އިދާރާއާ ހާޒިރުވެފައިވާތީވެ، އެމީހާ ހޯދަން ޓީވީތަކުންނާއި ރޭޑިއޯތަކުން އިތުރަށް އިޢުލާން ނުކުރުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކ. މާލެ، ދަފްތަރު، ހުސެއިން ނަސީރު 25 އަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިޢުލާން ކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހާ މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައި ކަމަށް ވެސް އެޮފިޝަލް ވިދާޅުވި އެވެ.

"އެމީހާ ހުރީ އައްޑޫގައި، އޭނާ އަމިއްލައަކަށް ފުލުހުންނާ ގުޅައިގެން މިތަނަށް މިއަދު ވަނީ ހާޒިރުވެފަިއ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ކްރިމިނަލް ޑިޕާޓްމަންޓުން ބަލަމުން ގެންދިޔަ އެ މައްސަލާގައި ފުލުހުން އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.