26 Feb 2014, 19:15
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ކޮށްފައިވާ އަމުރުތަކާގުޅިގެން ހޯދަމުންދަނީ ގއ. ކޮލަމާފުށި، އޮމާގެ، އަޙްމަދު ޝާހް، 36، އާއި ސ. ފޭދޫ، ތަރިޖެހިގެ، އިސްމާއީލް ޝިފާއު، 25، އަދި މ. ތަންތާރަ، މުހައްމަދު ޝަމްއޫން ،28، އެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަހްމަދު ޝާހް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ކަމަށެވެ.
އިސްމާޢީލް ޝިފާއު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ނުކުރެވިފައިވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ 9:00 އަށް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
މުހައްމަދު ޝަމްއޫން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ހާޒިރު ކުރެވިފައިނުވާތީ މާދަމާ 10:00 އަށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާގުޅިގެންކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން، 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް އަންގައި ދިނުމަށް ފުލުހުންވަނީ އެދިފަ އެވެ.