ކުނިވެފައި އޮތް ބޮޑު މަހެއްގެ ފަޅިއެއް މ. ނާލާފުއްޓަށް ލައްގައިފި އެވެ.

ނާލާފުށި ކައުންސިލުން ބުނީ އެ މަސް ރަށަށް ލައްގާފައި ވަނީ އިއްޔެ ކަމަށާއި މިހާރު އެ މަސް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކައުންސިލުން ބުނީ މަސް ހަލާކުވެފައި އޮތް ވަރުން އެއީ ސީދާ ކޮން ބާވަތެއްކަން ވަކި ކުރަން މި ވަގުތު ނޭނގޭ ކަމަށާއި ނަމަވެސް އެ ސަރަހައްދަށް ދިޔަ މީހުން ބުނާ ގޮތުން އެއީ "ދިގު ދޯނި" މަހެއް ކަމަށެވެ.

"ވަރަށް ބޮޑަށް ހަލާކުވެ، ކުނިވެފައި އޮތީ. ސީދާ ނޭނގޭ އެކަމަކު އެ ސަރަހައްދަށް ގޮސް ބަލާފައި ހުރި މީހުން ބުނަނީ އެއީ ދިގު ދޯނި މަހެއް ކަމަށް،" ކައުންސިލުން ބުންޏެވެ.

ނާލާފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެ މަސް އެންމެ ފުރަތަމަ ލެއްގީ އިއްޔެ ކަނޑު ތޮއްޓަށް ކަމަށާއި މިއަދު އޮތީ ތޮއްޓާ ރަށާ ދޭތެރޭ މެދުގައި ކަމަށެވެ.

"ބޮޑު މަހެއްގެ އެއް ބައި ކަމަށް ބެލެވެނީ. ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ހުންނާނެ އޭތީގަ،" އޭނާ ބުންޏެވެ.